ދިވެހިރާއްޖެ
މި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާއި ގުޅިގެން ހަދަންޖެހޭ ލެބޯޓަރީ ޓެސްޓްތަކުގެ ތެރެއިން މި ހޮސްޕިޓަލުގެ ލެބޯޓަރީން ނުހެދޭ ޓެސްޓުތައް ސާމްޕަލް ފޮނުވުމުން ހަދައިދޭނެ ލެބޯޓަރީއެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ލެބޯޓަރީތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ މެއިލް [email protected] އަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް |
ބީލަން ހުށަހެޅުމަށް |
21 ޑިސެންބަރު 2022 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން |
26 ޑިސެންބަރު 2022 (ހޯމަ) ދުވަހުގެ 13:00 (ގުރަހަ) |
ޕްރީބިޑް މީޓިންގ 22 ޑިސެންބަރު 2022 (ބުރާސްފަތި) ދުވަހުގެ 11:00 ގައި އޮންނާނެއެވެ. މި މީޓިންގގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތެއްގެ ބީލަން ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6809003 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.