ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS2/471/2022/315
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 25 ޑިސެންބަރު 2022 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސައިޓް ސްޕަވައިޒަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު 

ސައިޓް ސުޕަވައިޒަރ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިންޑިއަން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެހީގެ ދަށުން ކުރިއަށްދާ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދުމުގެ ނިޒާމް  ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ސުޕަރވައިޒްކުރުމަށް 9 (ނުވަ) ސައިޓް ސުޕަވައިޒަރުން ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)471-PIDS2/471/2022/301 (4 ޑިސެންބަރު 2022) އިޢުލާންގެ މުއްދަތު 2022 ޑިސެންބަރު 25 ވަނަ ދުވަހުގެ 13:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރް.) މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފަައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ މުއްދަތު 2022 ޑިސެންބަރު 25 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް " ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

[email protected]އީމެއިލް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 ޑިސެންބަރު 2022