ބީލަން
ނަންބަރު: (IUL)GS17/2022/0058
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 22 ޑިސެންބަރު 2022 10:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފުމާއި ގުޅޭ

 

 

  1. މިސްކޫލަށް 01 ކޮޓަރި /އެޕަރޓްމެންޓް (ފަރުނީޗަރާއި، ހިފާގެންގުޅޭ ތަކެއްޗާއިއެކު، ކައްކާ ބައި ހިމެނޭ ގޮތަށް) 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަން ހިފަން ބޭނުން ވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.

  1. މަޢުލޫމާތު ދިނުން:     

       މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2022ވާ ހޯމަ ދުވަހުގ11:00ެެށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.

 

  1. އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

 

       އެޕާރޓްމެންޓް / ކޮޓަރި  ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 22 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސުކޫލް އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

ކޮޕީ އީމެއިލް: [email protected]

ލ.އަތޮޅު ތަޢުލީމީ މަރުކަޒު

ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.

ފޯން: 6800013

އީ-މެއިލް: [email protected]

11 ޑިސެންބަރު 2022