މަސައްކަތް
ނަންބަރު: MNU-FMC/2014/19
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 27 ނޮވެންބަރު 2014 10:00
އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

މި ސްކޫލުގެ ކްލާސްރޫމްތަކާއި ކޮރިޑޯރގައި ބޯޑަރ ޓައިލިންގ ޖަހައި، ލިފްޓު ހިމެނޭ ސަރަޙައްދުގައި ވޯލްޓައިލްސް ޖެހުމުގެ އިތުރުން، މި ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެންބަރު 2014 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލުގެ ސެމިނަރރޫމުގައެވެ.

19 ނޮވެންބަރު 2014