ދިވެހިރާއްޖެ
މިއެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ފުޓްބޯޅައިގެ މައިއިދާރާ ފީފާއިން އަންގާފައިވާތީ، މިއެސޯސިއޭޝަންގެ އަސާސީ ގަވާއިދު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މިއެސޯސިއޭޝަނަށް ލޯ ފާމެއްގެ އެހީތެރިކަން ބޭނުންވެގެން ކުރެވުނު މިއެސޯސިއޭޝަނުގެ ނަންބަރު: FAM/IUL/2014/020 އިޢުލާނާ ގުޅިގެން، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ލޯފާމެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން ދެންނެވީމެވެ.