މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2022/38
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 22 ޑިސެންބަރު 2022 12:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީޢަލީ ފުޓްސަލް ދަނޑު ޤާއިމްކުރުމުގެ މަސައްކަތް

       
     
   
 

 

 

 

 

އިޢުލާން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފ.ފީއަލީ ފުޓްސަލް ދަނޑު ޤާއިމްކުރުމުގެ މަސައްކަތް

  1. ފ.ފީޢަލީގައި ފުޓްސަލްދަނޑެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2022/32 އިޢުލާނަށް ޙާވާލާދީ ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންޓް އިން އަންދާޒާކުރާ އަގުތަކަށްވުރެ ބޮޑުވާތީ ދެންނެވުނު އިޢުލާން ބާޠިލްކޮށް، އަލުން ބީލަންހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވުމަށް -/1000 ރުފިޔާ ( އެއްހާސް ރުފިޔާ ) ގެ ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ޑިސެންބަރު 2022 އިން 22 ޑިސެންބަރު 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށް ފ.ފީއަލީ ކައުންސިލް އިދާރާއިންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
  4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  5. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 ޑިސެންބަރު 2022 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  7. މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ 0.05 އިންސައްތަ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.
  8. ބިޑް ހުޅުވުން އޮންނާނީ 27 ޑިސެންބަރު 2022 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7970804

      އީމެއިލް: [email protected]

      ކޮޕީ: [email protected]

 

17 ޖުމާދަލްއޫލާ 1444 ހ.

11 ޑިސެންބަރު 2022 މ.

 

 

  މުޙައްމަދު ޖަލީލު

ފީއަލީ ކައުންސިލްގެ ނައިބު ރައީސް

 

 

 

 

11 ޑިސެންބަރު 2022