ބީލަން
ނަންބަރު: (IUL)22-E/22/2022/376
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 22 ޖަނަވަރީ 2023 10:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދަރިވަރުން އިނގިރޭސީގެ ފެންވަރު މަތިކުރުމަށްޓަކައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް ބޭނުންވެއްޖެ

`

 މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)22-E/22/2022/376        ތާރީޚް: 11 ޑިސެންބަރު 2022    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ދަރިވަރުންގެ އިނގިރޭސީގެ ފެންވަރު މަތިކުރުމަށްޓަކައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް (ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު: MV-MOE-266182-GO-RFB) ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު 178/2022/22/E-22(IUL) (29 ޖޫން 2022) އިޢުލާނަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތު ފުރިހަމަ ނުވާތީ އެކަމަށް އަލުން އިޢުލާނުކުރަމެވެ.

ޕްރޮކިއުމަންޓް ރިފަރަންސް: MV-MOE-330434-GO-RFB

ދަރިވަރުން އިނގިރޭސީގެ ފެންވަރު މަތިކުރުމަށްޓަކައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް ބޭނުންވެއްޖެ

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ފަރާތުން ދަރިވަރުންގެ އިނގިރޭސީގެ ފެންވަރު މަތިކުރުމަށްޓަކައި އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ގަތުމަށް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން:

އެގްރީމަންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 45 ދުވަހާއި 60 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 28 ޑިސެންބަރު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ބެލޭނެ މިންގަނޑު:

މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، ޖުލައި 2016، ނޮވެންބަރު 2017 އަދި އޮގަސްޓު 2018 ގައި ރިވައިސްކޮށްފައި ("ޕްރޮކިއުމަންޓް ރެގިއުލޭޝަންސް")" ގައި ވާގޮތުގެ މަތިންނެވެ.

ބީލަން އުޞޫލު:

މި ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރަންޖެހިވަޑައިގަންނަވާ ބީލަން އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބީލަން އުޞޫލު [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ހުށައެޅުން:

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 16,100 ރުފިޔާ (1,044 ޑޮލަރު) އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން އަދި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތިރީގައިވާ އެޑްރެހަށް 22 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.

ބީލަން އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:

އާއިޝަތު ނީނާ - ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341302(960)+   

އީ-މެއިލް:[email protected]

 

11 ޑިސެންބަރު 2022