ވަޒީފާގެ ފުރުޞަތު
ނަންބަރު: D15-SM/2014/09
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 30 ނޮވެންބަރު 2014 15:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މިމަރުކަޒަށް ރިސެޕްޝަނިސްޓެއް ހޯދުމަށް ކުރެވުނު މިމަރުކަޒުގެ ނަންބަރު: D15-SM/2014/08ފ(12 ނޮވެންބަރު 2014) އިޢުލާނުގައި ބައެއް މަޢުލޫމާތުގެ ކުށް ހުރުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށް، ރިސެޕްޝަނިސްޓުގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

01 ( އެކެއް )

ބޭނުންވާ އަދަދު

ރިސެޕްޝަނިސްޓް 

މަޤާމު:

މަހަކު -/1500ރ

ސަރވިސް އެލަވަންސް

މަހަކު -/4465ރުފިޔާ

މުސާރަ :

ވަޒީފާއަށް ހާޒިރުވެ މަޤާމުގެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/25ރ

ރިސްކު އެލަވަންސް

ނ. ވެލިދޫ ޞިއްޙީމަރުކަޒު.

އޮފީސް/އިދާރާ :

ދާއިމީ

މަޤާމުގެ ގިންތި

ނ. ވެލިދޫ ޞިއްޙީމަރުކަޒު.

ވަޒީފާ އަދާކުރަންޖެހޭ ތަން

 

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

މަޤާމުގެ ޝަރުޠު:

  1. ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުގެ ޚިދުމަތަށް އެދި އަންނަ ފަރާތްތަކާއި، ރީތިބަހުން ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުމާއި، އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.
  2. ޞިއްޙީމަރުކަޒުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މެމޯ ހެއްދުމާއި، އާސަންދަ ޚިދުމަތް ދިނުމަށް ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ މަސައްކަތް ކުރެއްވުމާއި، އެކަމާގުޅޭ ލިޔެ ކިޔުންތައް، ދުވަހުންދުވަހަށް ފުރިހަމަ ކުރެއްވުން.
  3. ކޮންމެ ޑިއުޓީއެއް ފެށުމުގެކުރިން ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި، ނެތްނަމަ އެކަމަކާ ހަވާލުވެހުންނަވާ މުވައްޒަފަކަށް ދަންނަވައިގެން ތަކެތި ހަމަކުރުމާއި، އަދި ބޭނުންކުރެވޭ ތަކެތި ވީހާވެސް ޚަރަދުކުޑަގޮތަށް ބޭނުންކުރެއްވުން.
  4. ޞިއްޙީމަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ނަގަންޖެހޭ އެންމެހާ ޚިދުމަތްތަކަށް، އެކަމާގުޅޭ އުސޫލާ އެއްގޮތަށް ފައިސާ ބަލައިގަނެ، ދުވަހުންދުވަހަށް ފައިސާގެ ލިޔެކިޔުންތައް ފުރިހަމަކުރުން.
  5. ތަރުޖަމާނަކު ނެތިއްޖެ ހާލަތެއްގައި ޞިއްޙީމަރުކަޒުން ހަމަޖައްސަވާގޮތެއްގެ މަތިން ތަރުޖަމާނުގެ މަސައްކަތް ކުރުން.
  6. ޞިއްޙީމަރުކަޒުން ޚިދުމަަތް ހޯދުމަށް އަންނަ ފަރާތްތަކާއި، އިމަރޖެންސީ ބަލިމީހުންނަށް ފަރުވާދިނުމުގައި ނަރުހުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެހީތެރިވުން.
  7. ޑިއުޓީ ގަޑީގައި ޞިއްޙީމަރުކަޒުގެ މުދަލާއި ތަކެއްޗަށް ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ޢާންމުކޮށްދޭ ޚިދުމަތެއް ހުއްޓޭގޮތް މެދުވެރިވެދާފަދަ ހާލަތެއްގައި އެކަން އިދާރީ މުވައްޒަފަކަށް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.
  8. ޞިއްޙީމަރުކަޒުން ދެވޭ ޚިދުމަތްތަކުގެތެރެއިން ރިސެޕްޝަނުން ބަލަހައްޓަންޖެހޭ މަޢުލޫމާތުތައް ކަނަޑައެޅިފައިވާ އުސޫލާ އެއްގޮތަށް ދުވަހުން ދުވަހަށް ރިޕޯޓްކޮށް ނިންމެވުން.
  9. ހޮސްޕިޓަލުގެ ޢާންމު އުސޫލުތަކާއި ގަވާއިދުތަކަށް ޢާންމުން އިޙްތިރާމު ކުރުމަށް ބާރުއަޅައި، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލްސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް.

ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.

އުޖޫރައާއި އިނާޔަތްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު މި ޢިއުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ވެލިދޫ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ. އިންޓަރވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިންޓަރވިއު ކުރުން

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މިމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ) 
  2. ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ފޮޓޯކޮޕީ
  3. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ އެތަނެއްގެ ތައްގަނޑުޖެހި ރަސްމީ ލިޔުންތައް
  5. ވަޒީފަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ނ. ވެލިދޫ ޞިއްޙީމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިމަރުކަޒުގެ ފޯންނަންބަރު: 6560526 އަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

މިމަޤާމަށް އިންޓަރވިއުކުރެވޭނީ މަޤާމުގެ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ. 

އިތުރު މަޢުލޫމާތު

20 ނޮވެންބަރު 2014