ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-WMPC/438/2022/544
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 19 ޑިސެންބަރު 2022 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ކޮންސަލްޓަންސީ ޚިދުމަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ

ކޮންސަލްޓަންސީ ޚިދުމަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި އޭޝިއަން ޑެވެލޮޕްމަންޓްގެ އެހީގައި މި މިނިސްޓްރީއިން ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ތިރީގައި ދަންނަވާފައިވާ ކޮންސަލްޓަންޓުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

 

  1. ކޮމިއުނިޓީ މޮބަލައިޒޭޝަން، އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕާޓް
  2. ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޓްރޭނަރ
  3. ތްރީ އާރ މޯޓިވޭޓަރ
  4. ވެބް، ގްރެފިކްސް ޑިޒައިނިންގް، ޝޯޓް ވީޑިއޯ ޕްރޮޑަކްޝަން އެންޑް ސޯޝަލް މީޑިއާ ސްޕެޝަލިސްޓް

 

       މި މަގާމުތަކުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ކޮންސަލްޓަންޓް މެނޭޖްމަންޓް ޕޯޓަލްއިންނާއި އަދި ދިވެހި ސަރުކާރުގެ ގެޒެޓް www.gazette.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ކޮންސަލްޓަންސީއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ ފަރާތެއްނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
  • މީގެ އިތުރުން ޓާރމްސް އޮފް ރެފަރެންސްގައި އެ ކޮންސަލްޓަންސީއަކަށް ހުށަހަޅަން ލާޒިމްކުރާ ލިޔެކިޔުން.

ކޮންސަލްޓަންސީއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

މި ކޮންސަލްޓަންސީތަކަށް ކަނޑައަޅާފައިވާ އަގު

މި ކޮންސަލްޓަންސީތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޓީ.އޯ.އާރގައި ކަނޑައަޅާފައިވާ ޑެލިވަރަބަލްސް ނިންމާ މިންވަރަށް ބަލައި ޕޭމަންޓަ ޝެޑިއުލް އާއި އެއްގޮތަށެވެ. އަދި މަސައްކަތަށް ދެވޭ ޖުމްލަ އަގު ތިރީގައި އެވަނީއެވެ.

 

ނަންބަރު

މަޤާމުގެ ނަން

ބޭނުންވާ ޢަދަދު

ޖުމަލް އަގު (ރުފިޔާ)

01

ކޮމިއުނިޓީ މޮބަލައިޒޭޝަން އައުޓްރީޗް އެންޑް ޖެންޑަރ އެކްސްޕޭޓް

1

360,000

02

ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޓްރޭނަރ

1

360,000

03

ތްރީ އާރ މޯޓިވޭޓަރ

1

300,000

04

ވެބް، ގްރެފިކްސް ޑިޒައިނިންގް، ޝޯޓް ވީޑިއޯ ޕްރޮޑަކްޝަން އެންޑް ސޯޝަލް މީޑިއާ ސްޕެޝަލިސްޓް

1

456,000

ސުންގަޑި

މި ކޮންސަލްޓަންސީގެ ޚިދުމަތަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އީމެއިލް ކުރެއްވުމަށް

އީމެއިލް: [email protected]

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3019234 / 3019231

 

08 ޑިސެމްބަރ 2022

09 ޑިސެންބަރު 2022