މަސައްކަތް
ނަންބަރު: (IUL)330-B/330/2022/88
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 23:30
ސުންގަޑި: 12 ޑިސެންބަރު 2022 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" ހިންގައިދޭނެ ފަރާތެއް ހޯދުން

"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" ގެ ނަމުގައި މި ހިނގާ ޑިސެންބަރުމަހުގެ 23 އިން ފެށިގެން ކާށިދޫ ކައުންސިލްގެ ފަރާތުން ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކޮށްގެންނެވެ.

         އެހެންކަމުން  "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ މި މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލުން ބާއްވާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" އިންތިޒާމުކޮށް ހިންގުމަށް ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކުރުމުގެ އުސޫލު"ގައިވާ ގޮތުގެމަތިން ކޯޓޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި މުބާރާތް ހިންގުމަށް ކޯޓޭޝަން ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ. ކޯޓޭޝަން ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ.

            ވީމާ މި މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2022