ދިވެހިރާއްޖެ
ނަމްބަރ: IUL)244-ESMSMS/244/2022/59
އިޢުލާން
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި އިދާރާއަށް 20 (ވިހި) ވޯޓަރ ޕިއުރިފަޔަރ ފޯރޮކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިންކުރި ނަންބަރު: IUL)244-ESMSMS/244/2022/52 (02 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީއާއި ހުށަހަޅާފައިވާ އަންދާސީ ހިސާބު ޝަރުތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލްކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ބީލަން ފޮތް ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގެ މީޓިންގ ރޫމްއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 18 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.