ބީލަން
ނަންބަރު: (IUL)307/INDIV/2022/88
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި:
19 ޑިސެންބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
އިޢުލާން
(IUL)307/INDIV/2022/88:ނަންބަރު
މިރަށު އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން/ބިޑް ތައްޔާރުކުރެއްވުމަށްފަހު އެޓޭޗްކުރެވިފައިވާ ބިޑް ފޯރމު މެދުވެރިކޮށް މި ކައުންސިލަށް ހުށައެޅުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 19 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- އާމިނަތު ސަމާހާ – ކައުންސިލްގެ މެމްބަރ
- ފޯން: 7585958
- އީމެއިލް: [email protected]
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޑިސެންބަރު 2022