މަސައްކަތް
ނަންބަރު: (IUL)471-PIDS2/471/2022/308
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 19 ޑިސެންބަރު 2022 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުޅުމާލެ އޮފީސް ބިލްޑިންގގެ ނަންބޯޑު ހަދާ ހަރުކުރުން – އެޑެންޑަމް 1

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުމާލޭގައި އިމާރާތްކުރަމުންދާ އޮފީސް އިމާރާތުގެ ނަންބޯޑު ހަދާ އަދި ހަރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)471-PIDS2/471/2022/294  އިޢުލާނުގެ މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ބަދަލުގެނެވިފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު 2022 ޑިސެންބަރު 19 ވަނަ ދުވަހުގެ 13:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ގެނެވުނު ބަދަލު މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 19 ވަނަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

 

 

 

08 ޑިސެންބަރު 2022