ޢާންމު މަޢުލޫމާތު
ނަންބަރު: (LUI)237-A1/237/2022/35
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 25 ޑިސެންބަރު 2022 14:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމާއި ގުޅޭ

އިޢުލާން

އެގްޒެމިނަރުން ހޯދުމާއި ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާނު ( ދުއްވުމުގެ ޓެސްޓް ) ކުރާނެ އެގްޒެމިނަރުން ހޯދަން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުންވެސް ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. މި މަސައްކަތަށް އެގްޒެމިނަރުން ނެގުމުގައި މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ފަސޭހައިން އާދެވޭނެ ފަރާތްތަކަށާއި، އެއްގަމު އުޅަނދު ދުއްވުމުގެ ގިނަ ކެޓަގަރީ އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އެގްޒެމިނަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކުން އެ މަސައްކަތްކުރާނީ މިކައުންސިލާއި އެފަރާތަކާދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ބޭނުންވާ އަދަދު:

  • 02 ( ދޭއް )

އުޖޫރަ:

  • ޓެސްޓަށް ދުއްވާ ކޮންމެ އުޅަނދަކަށް -/20 ރުފިޔާ

އެގްޒެމިނަރުންނަށް ދިނުމަށް ކަނޑައަޅާފައިވާ އަގު ފާސްކޮށްފައިވަނީ ފ. އަތޮޅުކައުންސިލްގެ 2022 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 24 ވަނަ ( 15 ސެޕްޓެމްބަރ 2022 ) ޖަލްސާއިންނެވެ.

ޝަރުޠު:

  • ·        ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ·        ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން.
  • ·        އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ·        ޑްރައިވިން ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކުރާ މީހެއް ކަމުގައި ނުވުން

ވީމާ، މި މަސައްކަތައް ކުރިމަތިލެއްވުމަށް ސައުގުވެރިވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގޭނެ ލައިސަންސް ފޮތުގެ ކޮޕީއާއި، އައި.ޑީ ކާޑުގެ ކޮޕީއާއި، 1 މަސްނުވާ ޕޮލިސް ރިޕޯރޓާއި، އެފަރާތެއްގެ ވަނަވަރާއެކު ސިޓީއަކުން 2022 ޑިސެމްބަރ 25 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2022