ޢާންމު މަޢުލޫމާތު
ނަންބަރު: GS92/IUL/2022/010
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި:
18 ޑިސެންބަރު 2022 13:30
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ
2023 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 08 އިން 2022 ޑިސެމްބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 19 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރ 19 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 12 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް
ހދ. ނައިވާދޫ
ފޯން: 6520537
އީ-މެއިލް: [email protected]
08 ޑިސެންބަރު 2022