ދިވެހިރާއްޖެ
ބ.މާޅޮހު ކައުންސިލް އިދާރާގެ އިމާރާތް ބޮޑުކުރުން
މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކައުންސިލް އިދާރާގެ ޖާގަބޮޑުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރީ ކުރުން |
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2022 ޑިސެމްބަރ 13 ވާ އަންގާރަދުވަހު 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މި އިދާރާގެ މެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. |
މަޢުލޫމާތު ދިނުން |
މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރ 13 ވާ އަންގާރަދުވަހުގެ 11:00 ގައި ބ.މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ. މި ބައްދަލުވުމަށްވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
އަގު ހުށަހެޅުން |
އަންދާސީހިސާބު ހުށަހެޅުން އޮނަނާނީ 2022 ޑިސެމްބަރ 18 ވާ އާދިއްތަދުވަހުގެ 11:00 ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލު |
- މަސައްކަތަށް ހުށަހަޅާ އަގު: %90 - މަސައްކަތައް ހުށަހަޅާ މުއްދަތު: |
އިތުރު މަޢުލޫމާތު
|
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600056 / 9555951 އަށް ގުޅުއްވުމަށް ދަންނަވަމެވެ. |