ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/118
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 30 ނޮވެންބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

   މަޤާމު:                    އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

   ބޭނުންވާ އަދަދު:               01

   ރޭންކް:                    ޖީ. އެސް 3

   ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 1  

   މުސާރަ :                  -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    ޕްރޮކިއުމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކާއި އެމް. ކިޔޫ. އޭ ގެ 25،000.00 ރުފިޔާއިން ދަށުގެ އެގްރީމެންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރީމެންޓްކޮށް، އެމަސައްކަތް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެމަސައްކަތާ ގުޅޭ އެންމެހާ ކަންތައްތައް ކުރުން.
  2. މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކުން ބާއްވާ ވާރކްޝޮޕް ސެމިނަރ، އަދި ޖަލްސާ ފަދަ ކަންކަމުގެ ކެއުމާއި ސަޔާބެހޭ އެންމެހައި ކަންތައްތައް ކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހާ މަސައްކަތްކުރުން.
  4. ސެކްޝަނަށް ހޯދޭ ތަކެތީގެ އިންވެންޓްރީ ނަގައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި ސެކްޝަން ހިންގަވާ ވެރިއަކަށް ރިޕޯޓު ކުރުމަށްފަހު ނީލަން ކިޔުމުގެ ކަންތައް ކުރިއަށް ގެންދިއުން. މިކަމާބެހޭ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން. އަދި ހޯދޭ ތަކެތި އިންވެންޓްރީގައި ހިމަނައި، ނައްތާލެވޭ ތަކެތި އިންވެންޓްރީން އުނިކުރުމުގެ މަސައްކަތް ކުރުމާއި އެކަން ހިނގާނުހިނގާގޮތް ސެކްޝަންގެ ވެރިޔާއަށް އެންގުން.
  5. އެމުވައްޒަފަކު ހަވާލުވެފައިވާ މަސައްކަތުގެ ބިލްތައް އައުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް، ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ޕޭމަންޓް ކަންތައް ކުރިއަށްދާގޮތް ބެލުން.
  6. މުވައްޒފަކު ކުރަން ހަވާލުވެފައިވާ މަސައްކަތުގެ ލިޔެކިޔުން ފައިލް ކުރުމާއި ފައިލްތައް ބެލެހެއްޓުން.
  7. އޮފީސް ހުޅުވައި ލެއްޕުމާބެހޭގޮތުން ހެދިފައިވާ ތާވަލުގައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކުރުން.

ޝަރުޠު:                                              

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2014