މަސައްކަތް
ނަންބަރު: (I)288/2022/126
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 20 ޑިސެންބަރު 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
[ނ. ކުޑަފަރި ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުން

މި އިޢުލާންވަނީ 08 ޑިސެންބަރު 2022 13:17 ގައި ބާތިލް ކުރެވިފައެވެ.


[ނ. ކުޑަފަރި ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފަންޑުކޮށްގެން، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި އިމާރާތްކުރާ [ނ. ކުޑަފަރީ ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުމުގެ މަސައްކަތްކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ކަމަށް އެދި ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދިލައްވައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2022 ޑިސެންބަރު 13 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

https://forms.gle/kVpojv3VdJMRB1rE7

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

13 ޑިސެންބަރު 2022، (އަންގާރަ،) 13:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

20 ޑިސެންބަރު 2022، (އަންގާރަ،) 13:00

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯއަކާ އެކު ފޮނުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތަކާއި ބީއޯކިޔު މި އިޢުލާނާ އެކު ގެޒެޓުކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު، ސާފުކުރައްވާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް

(މުޙައްމަދު ޙަލީމް، ސީނިއަރ ކައުންސިލް އޮފިސަރ):

9873141

 

14 ޖުމާދަލްއޫލާ 1444ހ.

8 ޑިސެންބަރު 2022މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

08 ޑިސެންބަރު 2022