ޢާންމު މަޢުލޫމާތު
ނަންބަރު: 417-ESMS/417/2022/115
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް މަގު ކޮނުމާއި ގުޅޭ؛

ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ރަށުގެ އެކި ސަރަޙައްދުތަކުގައި ހޮޅި އެޅުމަށްޓަކައި މަގުތައް ކޮނުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އެހެންކަމުން މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި އާއި އުޅަނދުތައް ދުއްވުމުގައި ސަމާލުކަންދެއްވުން އެދެމެވެ. އަދި މި ކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2022