ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ހިންގުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު (IUL)259/2022/89 (29 ނޮވެންބަރު 2022) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު، މިޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ނަންނޯޓްކުރުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާރަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6520027 ފޯނާ ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ނަންނޯޓުކުރެއްވުމަށް ދެންނެވީމެވެ.
ނަންނޯޓު ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / ހިއްސާކުރަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ބައިވެރިވުމަށް އެދިލައްވާ ފަރާތުގެ ނަމާއި އެޑްރެސް
3- ގުޅޭނެ ފޯނު ނަންބަރު
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 7686769/9633159 ނަންބަރާ ގުޅުއްވުން އެދެމެވެ.
14 ޖުމާދަލްޢައުލާ 1444
08 ޑިސެމްބަރ 2022