ވަޒީފާގެ ފުރުޞަތު
ނަންބަރު: RDO-PROMISE-2022/28
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 11 ޑިސެންބަރު 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރ

މަޤާމް :ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް

ކޮންޓްރެކްޓް މުއްދަތު:

01 އަހަރު

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު

ޔުނިވަރސިޓީ ބަންދު ނޫން ދުވަސްތައް

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު

އުޖޫރަ

މަހަކު 10,151.00  ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ސާރވިސް އެލަވަންސް: 3,064.00 ރުފިޔާ

ފީލްޑް އެލަވަންސް: 4,785.00 ރުފިޔާ

މަޤާމުގެ ޝަރުތު:

 

  1. އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2.  އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 6 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރޮޖެކްޓްގެ ޙަރަކާތްތަކާގުޅޭ ރިސާރޗްތަކަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އެނަލައިޒްކޮށް ރިޕޯޓް އެކުލަވާލުން.
  2. ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަދި ޓެކްނިކަލް އެކްސްޕާޓަށް  ދޭންޖެހޭ އެހީތެރިކަންދިނުން.
  3. ކުނިބުނި މެނޭޖުކުރުމާއި ތިމާވެއްޓާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ސިޔާސަތުތައް މުރާޖައާކޮށް ދިރާސާތައް ހެދުން.
  4.  ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެކްޓްގެ ޝަރުތުތަކާ ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުން.
  5.  ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
  6. ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން އަދި  ރިސަރޗް ޑިވެލޮޕްމަންޓް އޮފީހުގައި ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 11 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.

https://mnu.edu.mv/wp-content/uploads/2022/09/Job-Application-Form-Fillable-Dhivehi-1-13.09.2022.pdf

 

 

 

 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ނަކަލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
08 ޑިސެންބަރު 2022