މަސައްކަތް
ނަންބަރު: (IUL)GS12/2022/18
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 20 ޑިސެންބަރު 2022 13:00
ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2023 ވަނައަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

 2023 ވަނަ އަހަރު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއްހޯދުމާގުޅޭ           

 1. 1 ޖަނަވަރީ 2023 އިން 31 ޑިސެންބަރު 2023 އަށް މީލާދީ 1 ( އެކެއް)  އަހަރު ދުވަހުގެ މުއްދަތައް ވ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ކޮންޓެކްޓް އުޞޫލުން ބަލަހައްޓަން ޝައުޤުވެރިވާ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ( ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

2.  މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2022 ޑިސެންބަރު 8 އިން 15 އަށް ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14:00 އަށް ވ.އަތޮޅު މަދަރުސާއަށް ގުޅުއްވައިގެން،ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3.  މި ބީލަމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 18 ވަނަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

4.  މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނާނީ 2022 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 11 ގައި މި މަދަރުސާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

5.   ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މަދަރުސާގެ އޭވީ ރޫމް ގައެވެ.

 

ވ.އަތޮޅު މަދަރުސާ

ފޯނު ނަމްބަރު : 6700025

މޯބައިލް: 7483852 

އީ-މެ އިލް: [email protected]

                           8 ޑިސެންބަރު  2022    

08 ޑިސެންބަރު 2022