މަސައްކަތް
ނަންބަރު: (IUL)414/414/2022/85
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 11 ޑިސެންބަރު 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ފަރާތުގެ އަގުހޯދުމާއި ގުޅޭ

މިހާރު ބޭނުންކުރަމުންދާ ވޮލީކޯޓް އައުޓްޑޯ ޖިމްގެ ދެކުނުގައިވާ ހުސްބިމަށް ބަދަލުކުރުމަށް ކުރި ނަންބަރ 414/414/2022/71(IUL) އިއުލާނާއި ގުޅިގެން ހުށަހަހެޅި ބިޑްތަށް އަގުބޮޑުކަމަށް ފެންނާތީ، މިއިއުލާން ބާތިލްކޮށް 3 ފަރާތުގެ އަގު ހޯދުމާއި ގުޅޭ.

  1. މަސައްކަތުގެ އަގު ހުށަހެޅުމަށްދެވޭ މައުލޫމާތު

1.1       ވޮލީ ކޯޓުގެ ނެޓް ޕޯސްޓް ގެންގޮސް ޖިމުގެ ދެކުނުފަރާތުގެ ހުސްބިމުގައި ހަރު ކުރުން.  ހަރުކޮށްފަ ހުންނަ އިރު އިންނަ ވާނީ މިހާރު ހުރިގޮތަށް ބުޑުވެސް އެޅިފައެވެ. ( 2 ފޫޓް، 2 ފޫޓް، 2 ފޫޓް ބިމުގެ އަޑިއަށް ކޮންކްރީޓް ބުޑުގައި ހަރުކުރެވިފައި)

1.2       ލައިޓް ޕޯސްޓާއި ވައިރުތައް ނަގާ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކައުންސިލުން ދައްކާ ތަނެއްގައި ބެހެއްޓުން

1.3       މިހާރުގެ ވޮލީ ކޯޓް ވަށައިގެންވާ ފެންސް ނާގާ ވޯލީ ކޯޓް އިރުމަތީގައިވާ ހުސްބިމުގައި ކައުންސިލުން ދައްކާތަނެއްގައި ބެހެއްޓުން، ފެންސްގެ ގޮޅިތަށް ވަކިވަކިން ނަގައިގެންވެސް ބަދަލު ކުރެވިދާނެ.

          ވީމާ، މަތީގައި ދެންނެވިފައިވާ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހު 13:00 ށް މިމަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.            11 ޑިސެމްބަރ 2022 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ސިޓީ އުރައިގައި ކައުންސިލަށް އެޑްރެސްކޮށް އިއުލާން ނަންބަރު އިންނަންވާނެއެވެ.

          ކޯޓޭޝަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ކޯޓޭޝަން ހުށަހެޅުމަށް ވެރިފަރާތް ނޫން ފަރާތެއް ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. އަދި ކޯޓޭޝަނާއިއެކު ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހެޅުން އެދެމެވެ.

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

07 ޑިސެންބަރު 2022