ބީލަން
ނަންބަރު: (IUL)322-M/322/2022/101
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 15 ޑިސެންބަރު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

  1. މިރަށު މަސްޖިދުލް ޙަޟާރަތު ކުނިކަހާ ސާފުކޮށް ބެލަހެއްޓުމާއި ކުދިކުދި މަރާމާތުކޮށް ބެލެހެއްޓުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ން 12 ޑިސެމްބަރ 2022 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަންޏެވެ.
  3. މިބީލަމާގުޅޭ މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި ނަންނޯޓް ކުރާ ފަރާތްތަކުން ބޭނުންވާނަމަ މިއިދާރާއަށް ދުރުވުމުން ދޫކުރެވޭނެއެވެ.
  4. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  5. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
  6. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
07 ޑިސެންބަރު 2022