މަސައްކަތް
ނަންބަރު: (IUL)410-P/410/2022/48
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 22 ޑިސެންބަރު 2022 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ އުތުރު ހާބަރުގެ ފާލަމުގެ ކުރެހުން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ދާންދޫގައި މިހާރު ތަރައްޤީ ކުރަމުންދާ "ދާންދޫ އުތުރު ހާބަރ" ގައި ގާއިމުކުރުމަށް ބޭނުންވާ ފާލަން ތަރައްޤީ ކުރަންވީ ގޮތުގެ ކުރެހުން (ކޮންސެޕްޓް ޑިޒައިން) ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މި ގޮތަށް މިފުރުޞަތު ހުޅުވާލާފައި މިވަނީ ދާންދޫގައި މިހާރު ބޭނުންކުރާ ޖެޓީ އާއި ގުޅިގެން ޓީޖެޓީ އަކާއެކު ބަނދަރުގެ އުތުރުކޮޅުން ތަރައްޤީ ކުރެވޭ ދާންދޫ އުތުރު ހާބަރު އެއްގަމު ޖެޓީގައި މޮޑަން ރީތި ހިތްފަސޭހަ ފާލަމެއް ތަރައްޤީ ކުރުމުގައި ދިވެހި ފަންނުވެރިންގެ ފަންނު ފެންނާނޭހެން އެފުރުޞަތު ޢާންމުކޮށް ހުޅުވިގެން އެކަމަށް ބޭނުންވާ ކުރެހުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރީތި އެންމެ ފުރިހަމަ ކުރެހުމެއް ހޯދާ އެކުރެހުމަކާއި އެއްގޮތަށް އެފާލަން ތަރައްޤީ ކުރުމަށް ކައުންސިލުން ބޭނުންވާތީ ކަމުގައި ދަންނަވަމެވެ. އަދި މިފަދައިން މިކަން ކުރުމުން ކުރެހުން ހުށަހަޅާ ފަރާތްތަކުގެ ފަންނުވެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓިގެންދާނެ ކަމަކަށް މިކަންވާނެތީއެވެ.

 

1- ހުށަހެޅުމުގައި ހުންނަންޖެހޭ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު:

1-      ހުށަހަޅާ ފަރާތުގެ ނަން

2-      ހުށަހަޅާ ފަރާތުގެ ދާއިމީ އެޑްރެސް

3-      ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ނަންބަރު

4-      ހުށަހަޅާ ފަރާތުގެ ނަމުގައި އޮންނަ ބޭންކް އެކައުންޓްގެ މަޢުލޫމާތު (ބޭންކުގެ ނަން / އެކައުންޓް ނަންބަރު / އެކައުންޓްގެ ނަން)

 

2-  ކުރެހުމާއިއެކު ހުށަހަޅަން ޖެހޭ ތަކެތި

1-      ކުރެހުމުގެ ޕީޑީއެފް ފައިލް

2-      ކުރެހުމުގެ ތްރީ ޑީ ފައިލް

3-      ކުރެހުމުގެ ބިއޯކިއު

4-      ފާލަން ތައްޔާރުކުރުމަށް ބޭނުންވާ މިންތަކާއި އަދި ސްޓްރަކްޗަރަލް ޑީޓެއިލް ކުރެހުން

5-      ހުށަހަޅާ ކުރެހުން ހޮވިއްޖެނަމަ އެކުރެހުމާއި އެއްގޮތަށް ކައުންސިލުން ފާލަން ތަރައްޤީ ކުރުމުގެ އިޢުތިރާޟު ނުކުރާ ކަމުގެ ލިއުން

 

3-      ފާލަމުގައި ހުންނަންޖެހޭ މިނިމަމް ރިކްއާމެންޓް

1-      ހާބަރުގެ އެއްގަމު ޕޭމަންޓުން އެއްގަމަށް ފާލަން ހުރުން

2-      ފާލަމުގައި ހިޔާ ހުރުން

3-      ފާލަމުގައި އަންހެނުންނާއި ފިރިހެނުންނަށް ޚާޞަކޮށް ވަކިވަކިން ފާޚާނާ ކުރެވޭނެ ފާޚާނަ ބައި ހުރުން

4-      ފާލަމުގައި ވެއިޓިންގ އޭރިއާހުރުން

 

  • ހުށަހެޅުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް އެމީހެއްގެ ހުށަހެޅުން ޕްރެޒެންޓް ކޮށްދިނުމަށް 10 މިނިޓްއިރުގެ ވަގުކޮޅެއް އޮންލައިންކޮށް ނުވަތަ ހާޒިރުވެ ދެވޭގޮތަށް އެރުވޭނެއެވެ. މިކަން ކުރާނީ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް އެކުލަވާލާ ކޮމިޓީ އެކުލަވާލުމަށްފަހު އެކޮމިޓީ އިންނެވެ. އަދި މި ވަގުތު ކޮންސެޕްޓް ހުށަހަޅާ ފަރާތްތަކަށް ފަހުން ދާންދޫ ކައުންސިލުން އަންގާނެއެވެ.

 

  • މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓް ކުރާނީ މިކަމަށް ޚާއްޞަކޮށްގެން އެކުލަވާލެވޭ ކޮމިޓީ އަކުންނެވެ. އެކޮމިޓީ އެކުލެވިގެންވާނީ:- ކައުންސިލްގެ 1 މެމްބަރުން ، ކައުންސިލްގެ އިދާރާގެ 1 އިދާރީ މުވައްޒަފުން ، އަދި ޢާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން 1 މެމްބަރުން ހިމެނޭހެން ޖުމްލަ 5 މެމްބަރުންގެ މައްޗަށެވެ. މި ކޮމިޓީ ކަނޑައަޅާނީ ދާންދޫ ކައުންސިލުންނެވެ.

 

މާކްސް ދެވޭގޮތުގެ ކްރައިޓީރިއާ:

  • ފާލަމުގެ ހިތްފަސޭހަކަމަށް
  • ފާލަމުގެ ރީތި ކަމަށް %30
  • ފާލަމުގެ ބޭނުން ހިފޭނެ ތަފާތު ކަމުގެ ފުރިހަމަ ކަމަށް
  • ފާލަން ތަރައްޤީ ކުރުމަށް ބޭނުންކުރާނެ ތަކެތީގެ ވެލިޑީޓީ އަށް %40
  • ހުށަހެޅުމުގެ ފުރިހަމަކަށް %5

 

އެންމެ މަތިން ޕޮއިންޓް ލިބިގެން ހޮވޭ ފަރާތަކީ މި ހުށަހެޅުން ކަމިޔާބުކުރާނެ ފަރާތްކަމުގައި ދެންނެވީމެވެ.

 

ހުށަހެޅުން ކާމިޔާބު ކުރާ ފަރާތައް ލިބިދެވޭނެ އިނާމް:

މި ހުށަހެޅުން ކާމިޔާބު ކުރާ ފަރާތަށް 10,000.00ރ (ދިހަހާސް ރުފިޔާ) ގެ އިނާމެއް ލިބިގެން ދާނެއެވެ.

 

ވީމާ، ދާންދޫ އުތުރުހާބަރު ފާލަމުގެ ކޮންސެޕްޓް ޑިޒައިން ހުށަހަޅައިގެން މި އިނާމް ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޑިސެންބަރު 2022ވާ އާދީއްތަ ދުވަހު ހަވީރު 4:30ގައި މިކައުންސިލުގައި ނަންނޯޓް ކުރުމަށްފަހު ދާންދޫ އުތުރުހާބަރުގައި ބޭއްވޭ ބައްދަލުވުމުގައި އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ދަންނަވަމެވެ. އަދި ރަށުގައި ނެތް ފަރާތަކުން ކުރިމަތިލާނަމަ އެފަރާތުގެ ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

  • އިތުރު މައުލޫމާތު ހޯދުމަށް މިއިދާރާގެ ހޮޓްލައިން ނަންބަރ 7330026 އަށް ނުވަތަ 6820026 އަށް ގުޅުއްވުން އެދެމެވެ.
  • ކުރެހުން ހުށަހަޅުއްވާނީ މި އިދާރާއަށެވެ.
  • ހުށަހެޅުން ހުށަހަޅާނީ 22 ޑިސެންބަރު 2022ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ޑިސެންބަރު 2022