ޢާންމު މަޢުލޫމާތު
ނަންބަރު: IUL-317/2022/84
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 15 ޑިސެންބަރު 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 11 ޑިސެންބަރު 2022 12:15 ގައި ބާތިލް ކުރެވިފައެވެ.


މިރަށުގައި މިހާރު ކުނިކަހާ ސާފުކުރަމުންދާ ހުރިހާ ސަރަހައްދެއް 4 ޒޯނަކަށް ބަހާލައިގެން ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                        ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޑިސެމްބަރ 2022 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި ، ހުޅުވުން އޮންނާނީ  15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ  11:00  ގައި ދޮންފަނު ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ، އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާނަމާއި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީއާއި އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާފަރާތުގެ  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

07 ޑިސެންބަރު 2022