ވަޒީފާގެ ފުރުޞަތު
ނަންބަރު: GS54/IUL/2014/16
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 26 ނޮވެންބަރު 2014 12:00
ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:          

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:     

1

ރޭންކް:           

ޖީ. އެސް 3

ކްލެސިފިކޭޝަން:     

އޮފިސަރ ގްރޭޑް 1

މުސާރަ:          

-/4465

ސަރވިސް އެލަވަންސް:  

-/1500

ގިންތި:           

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުޅުދޫ ސްކޫލް، ހުޅުދޫ، އައްޑޫ

ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  • އިދާރީ ސެކްޝަނާއި އެކަޑެމިކް ސެކްޝަނާ ގުޅުންހުރި އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ސިޓީތަކުގެ ތެރެއިން ޖަވާބު ފޮނުވަންޖެހޭ ހުރިހާ ސިޓީތަކަށް، ރަސްމީ ސިޓީގެ އޮނިގަނޑާއި، ގަވާއިދާ ހަމަތަކަށް ފެތޭގޮތަށް ޖަވާބު ތައްޔާރުކުރުމާއެކު، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވުން. 
  • ސްކޫލަށް ލިބޭ އެންމެހައި ލިޔުންތައް (ސިޓީ، ފެކްސް، އީމެއިލް، ބިލް، މެޑިކަލް ސެޓްފިކެޓް، ނިއުސް ބްލެޓިންގ، މަޖައްލާ، އަދި މި ނޫނަސް އެފަދަ ލިޔުންތައް) ސަރުކާރުގެ އެންޓްރީ ބެލެހެއްޓުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދާ އެއްގޮތަށް ރެކޯޑްކޮށް، ކޮންމެ ދުވަހެއްގެ ރަސްމީގަޑި ނިމުމުގެ 1 ގަޑިއިރުގެ ކުރިން ނުވަތަ އަވަހަށް ޖަވާބުދޭންޖެހޭ ލިޔުމެއްނަމަ، ލިޔުން ލިބުމާއެކު، އިސްވެރިޔާ ހަމަޔަށް ގެނެސްދިނުން.
  • މުވައްޒަފުންގެ ވަޒީފާއާއި، ސަލާމާއި ޗުއްޓީއާއި، އިންޒާރާއި ނަސޭހަތްފަދަ، މުވައްޒަފާ ގުޅޭގޮތުން ސްކޫލަށް ލިބޭ އަދި ފޮނުވާ އެންމެހައި ލިޔުންތައް މުވައްޒަފުގެ ރެކޯޑު ބެލެހެއްޓުމަށް ސިވިލް ސަރވިސްއާއި ސަރުކާރުން ހައްދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ރެކޯޑު ބެލެހެއްޓުމާއި، އަލަށް މުވައްޒަފަކު ވަޒީފާއަށް ހަމަޖެހުމާއެކު، އެ މުވައްޒަފެއްގެ ޕާސަނަލް ފައިލް ތައްޔާރުކޮށް، މަތީގައިވާ އެންމެހައި ލިޔުންތައް ދުވަހުންދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  • ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ޤަވާއިދުގައިވާ ގޮތުގެމަތިން ސްކޫލުގެ ސްޓޮކަށް ހޯދާ އެންމެހައި ތަކެތި އުނިއިތުރުކޮށް، ސްޓޮކް ރެކޯޑް ބެލެހެއްޓުމާއި، ސްޓޮކު ހުސްވުމުގެ ކުރިން، ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ތަކެތި ހޯދުމާއި، މަދުވެގެން ޓާމަކު އެއްފަހަރު ސްޓޮކގެ އޯޑިޓެއް ހަދައި، އުނި އިތުރުވެފައިވާ ތަކެތީގެ ތަފުސީލު ރިޕޯޓެއް އިސްވެރިޔާއަށް ހުށަހެޅުން.
  • ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާއިދުގައިވާ ގޮތުގެމަތިން ސްކޫލަށް އަލަށް ލިބޭ ނުވަތަ ހޯދާ ތަކެތީގެ ތެރެއިން އިންވެންޓްރީގައި ހިމަނަންޖެހޭ ހުރިހާ ތަކެތި ސްކޫލަށް ލިބޭތާ ތިންދުވަހުގެ ތެރޭގައި އިންވެންޓްރީއަށް ނަގައި، އެތަކެތީގައި ޖަހަންޖެހޭ ލޭބަލް ޖެހުން.
  • ބާވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން އިންވެންޓްރީއިން އުނިކުރަންޖެހޭ ތަކެތި، ހަމަޖެހިފައިވާ ގަވާއިދުގެ ދަށުން ނީލަންކިޔުމަށްޓަކައި ތައްޔާރުކޮށް ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން. (ކޮންމެ އަހަރަކު އެއްފަހަރު)

ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވަން ބަލާނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ) 
  • މަސައްކަތް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

ސުންގަޑި: މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2014 ނޮވެންބަރު 26 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން،  މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު، ވަޒީފާއަށް އެދޭ ފޯމު، ސްކޫލްގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯން: 6894068، ފެކްސް: 6894574، އީމެއިލް: [email protected]

23 މުޙައްރަމް 1436

16 ނޮވެންބަރު 2014