ދިވެހިރާއްޖެ
(IUL)321-A/321/2022/230 :ނަންބަރު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބ. ތުޅާދޫ މަސްޖިދުއްސަޢާދާގެ ފެންޑާގައި ޖަހާފައިހުރި ތަށިމުށިތައް ނައްޓާ އައު މުށި ޖަހާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2022 ޑިސެމްބަރ 06 ން 2022 ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti
- ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2022 ޑިސެމްބަރ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ
ފޯން: 6600043
އީމެއިލް: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 ޑިސެމްބަރ 18 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ޑިސެމްބަރ 2022