މަސައްކަތް
ނަންބަރު: (IUL)KRH-PLD/2022/92
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 18 ޑިސެންބަރު 2022 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަށް މާލެއާއި ހުޅުމާލޭގައި ލޮޖިސްޓިކްސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަށް މާލެއާއި ހުޅުމާލޭގައި ލޮޖިސްޓިކްސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)KRH-PLD/2022/90 (1 ނޮވެންބަރ 2022) ގައި ކުރެވުނު އިޢުލާނާ ގުޅިގެން ލިބުނު އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ފާހަގަ ކުރެވޭތީ، އެ އިޢުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 6 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުން ފެށިގެން 18 ޑިސެންބަރު 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. ބީލަން ހުށަހެޅުމަށް ގެޒެޓް ކުރެވިފައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
  4. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 18 ޑިސެންބަރު 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލްއަށް ފޮނުއްވާ ދެއްވުން އެދެމެވެ.
  5. މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  6. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)

  • 19 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި
06 ޑިސެންބަރު 2022