މަސައްކަތް
ނަންބަރު: GS60(B)/2022/032
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި:
20 ޑިސެންބަރު 2022 11:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކުރުން
ނަންބަރ: GS60(B)/2022/032
ބީލަން ހުށައެޅުމުގެ ދަޢުވަތު
- ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކޮށްފައިވާ މި ސްކޫލުގެ ނަންބަރުGS60(B)/2022/005 (16 ފެބްރުއަރީ 2022) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
- މިއީ މިކަމާ ގުޅިގެން ކުރެވޭ ތިންވަނަ އިޢުލާނެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެންބަރު 06 އިން 2022 ޑިސެންބަރު 14ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 ޑިސެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 11:30 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
- މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533 ، 9907020
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:
https://docs.google.com/forms/d/e/1FAIpQLSezRdz4Z0nCqXErfzEATPv3vnECCv1Vu7BKtgpC0W9xYVArSg/viewform
12 ޖުމާދަލްއޫލާ 1444
06 ޑިސެންބަރު 2022
06 ޑިސެންބަރު 2022