މަސައްކަތް
ނަންބަރު: B9C-A/2022/08
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ ސިސްޓަމް ނަރުދަމާ ނިޒާމާ ގުޅާލުން

މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ފާޚާނާ ސިސްޓަމް ފެނަކަ ނަރުދަމާ ނިޒާމާ ގުޅާލުމަށްޓަކައި ހޯދުނު ކޯޓޭޝަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެކޯޓޭޝަންތައް ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

             ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19(ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެންޏެވެ.

             ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 8 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޓުގެ އީމެއިލް އެޑްރެސް:[email protected] އަށް ކޯޓޭޝަން މެއިލްކުރެއްވުން އެދެމެވެ. ކޯޓޭޝަނާއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި އެސް.އެމް.އީ ރަޖިސްޓްރީގެ ކޮޕީއާއި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

            އިތުރު މަޢުލޫމާތު ސާފްކުރުމަށްޓަކައި މިކޯޓުގެ ނަންބަރު: 6521679 ނުވަތަ 6528950 ފޯނަށް ގުޅުއްވުން އެދެމެވެ.

12 ޖުމާދަލްއޫލާ 1444

06 ޑިސެންބަރު 2022

06 ޑިސެންބަރު 2022