ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RRG-HR/1/2014/4
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:34
ސުންގަޑި: 30 ނޮވެންބަރު 2014 14:00
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓަންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ

1 . މަޤާމު: ލޯންޑްރީ އެސިސްޓަންޓް

  ބޭނުންވާ ޢަދަދު: 1 (އެކެއް)

  އަސާސީ މުސާރަ: -/3900 ރުފިޔާ

  ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

 

2 . މަޤާމު: އެސިސްޓަންޓް ސެފް

  ބޭނުންވާ ޢަދަދު: 2 (ދޭ)

  އަސާސީ މުސާރަ: -/5665 ރުފިޔާ

  ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މިހެއްކަމުގައިވުން.

 

3 . މަޤާމު: އެފް.އެންޑް.ބީ މެނޭޖަރ

  ބޭނުންވާ ޢަދަދު: 1 (އެކެއް)

  އަސާސީ މުސާރަ: -/7095 ރުފިޔާ

  ސާރވިސް އެލަވަންސް: -/2,000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ކަލިނަރީ އާރޓްސް އެންޑް ފުޑް ސާރވިސަސް އިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު މި ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

 

4 . މަޤާމު: އެސިސްޓަންޓް އެޑްމިނިސްޓަރޭޓިވް އޮފިސަރ

  ބޭނުންވާ ޢަދަދު: 1 (އެކެއް)

  އަސާސީ މުސާރަ: -/4365 ރުފިޔާ

  ސާރވިސް އެލަވަންސް: -/1,500 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެޑްމިނިސްޓަރޭޓިވް ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިން އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

 

5. މަޤާމު: ވީ.އައި.ޕީ ވެއިޓަރ

  ބޭނުންވާ އަދަދު: 1 (އެކެއް)

  އަސާސީ މުސާރަ: -/5140 ރުފިޔާ

  ސާރވީސް އެލަވަންސް: -/1000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ފުޑް އެންޑް ބެވަރޭޖް އޮޕަރޭޝަންސްގެ ދާއިރާއިން ސެޓްފިކޭޓް ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން އަދި އެފް އެންޑް ބީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

 

 6. މަޤާމު: އެސިސްޓަންޓް ޑިރެކްޓަރ

   ބޭނުންވާ އަދަދު: 1 (އެކެއް)

   އަސާސީ މުސާރަ: -/7835 ރުފިޔާ

   ސާރވީސް އެލަވަންސް: -/2000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

7. މަޤާމް: ޖެނެރަލް ސަރވިސް އޮފިސަރ

  ބޭނުންވާ އަދަދު: 1 (އެކެއް)

  އަސާސީ މުސާރަ: -/5140 ރުފިޔާ

  ސާރވީސް އެލަވަންސް: -/1000 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

 

8. މަޤާމު: ރިސެޕްޝަނިސްޓް

  ބޭނުންވާ ޢަދަދު: 01 (އެކެއް)

  އަސާސީ މުސާރަ: -/4365 ރުފިޔާ

  ސާރވިސް އެލަވަންސް: -/1,500 ރުފިޔާ

  އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %35

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ  ފްރަންޓް އޮފީސް ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުން، ނުވަތަ ކަސްޓަމަރ ކެއަރ ސާރވިސްގެ ތަމްރީނު ކޯހެއް ފުރިހަމަކޮށްފައިވުން.

މިމަޤާމުތަކަށް މުސާރައިގެ އިތުރުން، ހަމަޖެހިފައިވާ އުސޫލުން ކޮއްތު ފައިސާ އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސް ލިބޭނެއެވެ.

މިމަޤާމަށް ޝައުޤުވެރި ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މައުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

1. ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

2. މޯލްޑިވިސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).

3. ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

4. ކަރިކިއުލަމް ވިޓާ (ސީވީ)

5. އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.

6. ޕޮލިސް ރިޕޯޓް

ހުށަހަޅަންޖެހޭ ތާރީޚު: މިވަޒީފާތައަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއަށް ފޮނުއްވުން އެދެމެވެ.

27    މުޙައްރަމް 1436     

20 ނޮވެންބަރު 2014