މަސައްކަތް
ނަންބަރު: (IUL)281-ESMS/INDIV/2022/6
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި:
29 ޑިސެންބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ކޮމަންޑޫގައި ޤާއިމްކުރާ ކުނިކޮށީގެ އިމާރާތްހެދުން )
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު ( ކޮމަންޑޫގައި ޤާއިމްކުރާ ކުނިކޮށީގެ އިމާރާތްހެދުން )
- މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކޮނިކޮށީގެ އިމާރާތް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލައި ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވެ ލެއްވުމަށް އެދޭފަރާތްތަކުން ބީލަންރަޖިސްޓްރީ ކުރުމާއި މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 8.00 އިން މެންދުރުފަހު 2.00 އަށް މިއިދާރައިގެ ފޯންނަންބަރ 6540027 އާއި ގުޅުއްވައި ބިޑް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ 15 ޑިސެމްބަރ 2022 ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00 އެވެ. އަދި ރަޖިސްޓްރީވިކަމަށް ބަލަންވާނީ ރަޖިސްޓްރީ ސްލިޕް ލިބުމުންނެވެ.
- މި ބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މައުލޫމާތުކަރުދާސް މިއިދާރައިގެ ކައުންޓަރުންލިބެން ހުންނާނެއެވެ. އަދި މިއިއުލާނާއެކު މަޢުލޫމާތުކަރުދާސް ގެޒެޓް ކުރެވިފައި ވާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.00 ގައި މިއިދާރައިގެ މީޓިންގ ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެބޭރުގައި ހުށަހަޅާފަރާތުގެނަމާއި އިއުލާން / ޕްރޮޖެކްޓްގެ ނަންބަރާއި ކޮންކަމަކަށްކަން ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާބީލަންތައް ވަޒަންކުރާނެ މިންގަޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭތަކެތީގެ ތަފްސީލް ބީލަމާއިގުޅޭ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
12 ޖުމާދަލްއޫލާ 1444
06 ޑިސެންބަރު 2022