ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2022/82
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 27 ޑިސެންބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫމަރާ ކައުންސިލްގެ "ބީލަންވެރިންގެ ދަފްތަރު" އެކުލަވާލުން

 

އިޢުލާން

 

ނޫމަރާ ކައުންސިލްގެ "ބީލަންވެރިންގެ ދަފްތަރު" އެކުލަވާލުން

ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި ޕްރޮކިއުމަންޓް މަސައްކަތްކޮށްދޭނެ އަމިއްލަފަރާތްތަކާ ބެހޭ ދަފްތަރެއް މި އިދާރާގައި ޤާއިމްކުރުމަށް ބޭނުންވާތީ، އެފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން މި ކައުންސިލުން އާންމުކޮށް ހުޅުވާނުލާ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި 01 ޖަނަވަރީ 2023 ން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަލަށް ބައިވެރިވެވޭނީ ހަމައެކަނި، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/akTNzijTbUSx8Csv5

 

ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް: ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް

 

ވީމާ، މި ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މަސައްކަތައް ކޮށްދޭނެ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން 27 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

06 ޑިސެންބަރު 2022