ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2022/125
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 15 ޑިސެންބަރު 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގައި ނަންބަރު ޖެހުން

ރުއްގަހުގައި ނަންބަރު ޖެހުން

ނ. ކުޑަފަރީ އަލަށް ފާސްކުރެވޭ ބިނާވެށި ޕްލޭނާ އެއްގޮތަށް ރަށު ގައި  ތަރައްޤީކުރެވޭ މަގުތަކުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭ އާންމު ސަރަޙައްދުތަކުގައި ހުރި ބައެއް ރުއް، އެ ރުއްތައް ހުރި ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކަށް ގެންދާން ޖެހެއެވެ. މި ގޮތަށް ގެންދާން ޖެހޭ ރުއްތަކުގައި ކައުންސިލް އިދާރާގެ ފަރާތުން ރަތްކުލައިގެ ފާހަގައެއް ޖަހަމުންގެންދާނެއެވެ.

ވީމާ، އާންމު ސަރަޙައްދުތަކުގައި ހުރި ރުއްތަކުގައި ރުއްތަކުގެ ވެރި ފަރާތުން، 15 ޑިސެންބަރު 2022 ގެ ނިޔަލަށް އެ ރުއްތަކުގައި ނަންބަރު ޖެއްސެވުން އެދެމެވެ.

މި މަޝްރޫޢުގެ ދަށުން އެހެން ސަރަޙައްދުތަކަށް ގެންދެވޭ ރުއްތަކުގެ ބަދަލު ދިނުމުގެ ކަންކަން، ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނޭ ވާހަކަ ވެސް ދަންނަވަމެވެ.

12 ޖުމާދަލްއޫލާ 1444ހ.

6 ޑިސެންބަރު 2022މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

06 ޑިސެންބަރު 2022