ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2014/249
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި:
25 ނޮވެންބަރު 2014 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H3(PU)/IUL/2014/242ފ-171 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ (ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2014 ނޮވެންބަރު 26 ވާ ބުދަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2014 ނޮވެންބަރު 25 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 02 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
- އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
17 ނޮވެންބަރު 2014