ދިވެހިރާއްޖެ
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން ކޮޅުމަޑުލު ވަންދޫ ފުޓްބޯޅަދަނޑުގެ ޗޭންޖިންރޫމް މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުމަށްފަހު 12 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/300 (ތިން ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ވެސް ރެޖިސްޓްރީކުރެވިފައި ވާކަން އަންގައިދޭ ލިޔުމެއް ދޫކުރެވޭނެއެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިބިޑް ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބީލަންތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބީލަންތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބީލަންތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6780041 ނުވަތަ 7980047 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
މައުލޫމާތު ބައްދަލްވުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
13 ޑިސެމްބަރ 2022 |
އަންގާރަ |
13:00 |
ބިޑް ހުށަހެޅުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
15 ޑިސެމްބަރ 2022 |
ބުރާސްފަތި |
10:30 |
ވީމާ,މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.