މަސައްކަތް
ނަންބަރު: GS70/IUL/2022/12
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 20 ޑިސެންބަރު 2022 10:00
ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

2023 ވަނަ އަހަރު ކެޔޮދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1. 2023 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022  ޑިސެމްބަރ 06 އިން 2022 ޑިސެމްބަރ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.  އަދި އިއުލާނުގައިވާ އީ މެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ  14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.                                                                

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022ޑިސެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 10:00  ގައި މިސްކޫލްގައި އޮންނާނެއެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2022ޑިސެންބަރ 20 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

6. މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.     

      ކެޔޮދޫ ސްކޫލް

       ވ. ކެޔޮދޫ، ދިވެހިރާއްޖެ.

      ފޯން:  6700804 ، 7476523،7468184   

     އީ-މެއިލް: [email protected]

 

 

06 ޑިސެންބަރު 2022