ކުއްޔަށް ދިނުން
ނަންބަރު: 2014/110
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:20
ސުންގަޑި: 30 ނޮވެންބަރު 2014 10:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ މަސްވެރިންގެ ހިޔާ 25 އަހަރަށް ކުއްޔަށް ދިނުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ގައްދޫ ބާހާބަރު ސަރަޙައްދުގައި ހަދަން ފަައްޓާފައި ނުނިމިހުރި، މަސްވެރިންގެހިޔާ މަސްވެރިންނަށާއި ބަނދަރުން ޚިދުމަތް ލިބިގަންނަ އެންމެހާ ފަރާތްތަކަށާއި އަދި ކައުންސިލަށް ފައިދާކުރުވަނިވި ގޮތަކަށް ޒަމާނީ ފެންފަރަކަށް ތަރައްޤީކޮށް 25 އަހަރަށް ކުއްޔަށް ދިނުމަށް ކައުންސިލުން ބޭނުންވެ މީގެ ކުރިން ކޮށްފައިވާ އިޢުލާންތަކަށް އެކަށީގެންވާ މިންވަރަކަށް ތަރުޙީބު ލިބިފައި ނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން މަސްވެރިންގެހިޔާ ތަރައްޤީކުރުމަށް ޝަވްޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ގައްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ މުއްދަތުހަމަނުވާ އައިޑީކާޑު އަދި ފަރުދެއް/އިންވެސްޓްމަންޓެއް/ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ އެ ޝަޚްޞެއް އެނގޭނެކަމުގެ ރަސްމީ ލިޔުމަކާއި މަޤާމު ބަޔާން ވާންވާނެއެވެ.  ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.  

          23 މުޙައްރަމް 1436

16 ނޮވެންބަރު 2014