ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2022/108
އިޢުލާން
ހަނިމާދޫ މަގުތަކުގައި ނަންބޯޑު ހަރުކުރުން.
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މިރަށު މަގުތަކުގައި ނަންބޯޑު ހަރުކުރުމާއި، ދީނީ ޝިޢާރު ލިޔެފައިވާ ބޯޑުތަކެއް ލިޔެ ހަރުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 14 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 25 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޖުމާދަލްއޫލާ 1444
05 ޑިސެމްބަރ 2022