ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 60-ADM/2014/462
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 30 ނޮވެންބަރު 2014 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
6,000 މެޓްރިކް ޓަނު ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މިކުންފުންޏަށް 6,000 މެޓްރިކް ޓަނުގެ ގޮދަންފުށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުންޏަށް 6,000 މެޓްރިކް ޓަނުގެ ފުށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ގޮދަންފުށް ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ގޮދަންފުށް (Wheat Flour) އެވެ.

ޤައުމު: ހުރިހާ ޤައުމުތަކެއްގެ އުފެއްދުންވެސް ޤަބޫލު ކުރެވޭނެއެވެ.

ޝިޕްމަންޓްގެ ތާވަލް އަދި ޖުމްލަ އަދަދު:

މުދާ ފޯރުކޮށްދޭންވަނީ ބައިބަޔަށް މިކުންފުނިން ދޭ ތާވަލާ އެއްގޮތަށް 6,000.00 މެޓްރިކް ޓަނު ގެނެސް ޚަލާޞްވަންދެންނެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2014 ނޮވެންބަރު 30 ވާ ދުވަހުގެ ދިހައެއްޖެހުމުގެ (10:00) ކުރިން ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާއި، އެއަށްވާ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދައްކަވާ ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ޤަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ އެޗް.އެސް.ބީ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރަޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2014 ޑިސެންބަރު 02 ވަނަދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ޑިސެންބަރު 08 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2014 ޑިސެންބަރު 15 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަން ކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 21 ވާ ދުވަހުގެ ހެނދުނު އެގާރަގަޑި ސުންމިނެޓް (11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:             ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:          318 44 33 960+ / 333 44 33 960+

ފެކްސް:              633 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:  އިބްރާހިމް މިރްޒާޤު  

އީމެއިލް:             [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި  (GMT+5:00)

20 ނޮވެންބަރު 2014