ކުއްޔަށް ދިނުން
ނަންބަރު: (IUL)382/382/2014/1070
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 26 ނޮވެންބަރު 2014 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާބެހޭ

މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)382/382/2014/1067 ( 10 ނޮވެންބަރު 2014) ގެ އިޢުލާނުގައިވާ މިރަށު ރޯޝަނީމަގުގެ ހުޅަނގުން ޣާޒީމަގުގެ ދެކުނުން އޮތް ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްގަސް 1 އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުން އެކަމަށް އިޖާބަ ދެއްވާފައިވަނީ ދެފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.  

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 ށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި އެހެން ބޭފުޅެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ، އެބޭފުޅެއްގެ ސިޓީއެއް ގެންނަންވާނެއެވެ.      

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  26 މުޙައްރަމް 1435   

19 ނޮވެންބަރު 2014