ދެންނެވުން
ނަންބަރު: 182-MTG/2014/ 01
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:26
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް އިމްޕޯރޓް ކުރުމުގެ ހުއްދައާބެހޭ

ސާރކިއުލަރ          

20 ޖަނަވަރީ 2015 އިން ފެށިގެން ބޭހާބެހޭ ގަވާއިދު (ނަންބަރު 2014/R-46 ) އަށް އަމަލުކުރަން ފެށުމުން މި ގަވާއިދުގެ 6.10 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ މި އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ގުދަނެއް، މިއޮތޯރިޓީގައި ރަޖިސްޓަރީ ކުރެވިގެންނެވެ.

މިއޮތޯރިޓީގައި ރަޖިސްޓަރީކުރެވި ބޭސް އެތެރެކުރުމުގެ ހުއްދަ ދެވިފައިވާ ފާރމަސީ ތަކަށް އަދި މިގަވާއިދަށް ނުފެތޭ ގުދަންތަކަށް ދޫކޮށްފައިވާ ބޭސް އިމްޕޯރޓްކުރުމުގެ ހުއްދަ މިގަވާއިދު ތަންފީޒުވުމުން ބާތިލްވާނެ ކަމުގައި ދަންނަވަމެވެ.

ވީމާ މިފަދަ ފަރާތްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމަށް އެދޭނަމަ ބޭހާބެހޭ ގަވާއިދުގައިވާ ޝަރުޠު ފުރިހަމަ ކުރައްވައި ބޭސް އިމްޕޯރޓް ކުރުމުގެ ހުއްދަ އާކުރެއްވުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3014322 ފޯނަށް ގުޅުއްވުން އެދެމެވެ.

25 މުޙައްރަމް 1436 ހ.

18 ނޮވެންބަރު 2014