ދިވެހިރާއްޖެ
އިއުލާން
ކޮންޓެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ބަލަހައްޓާދެނެ ފަރާތްތައް ހޯދުން
ކޮންޓެކްޓް އުސޫލުން ރަށުގެ އިޖުތީމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުމާއި، ވޭސްޓްމެނޭޖްމަންޓް ސެންޓަރ ބަލަހައްޓާނޭ ފަރާތްތައް ބޭނުންވެއްޖެއެވެ.
01- އިޖުތިމާޢީ ސަރަހައްދުތައް ބެލެހެއްޓުން.
ބޭނުންވާ އަދަދު: 20
މުސާރަ : މަހަކު 1610.00
02- ވޭސްޓް މެނޭޖްމަންޓް ސެންޓަރ ބެލެހެއްޓުން.
ބޭނުންވާ އަދަދު: 2
މުސާރަ : މަހަކު 3000
ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
މުއްދަތު: 2023 ޑިސެމްބަރ 31 ގެ ނިޔަލަށް
ކުރަންޖެހޭ މަސައްކަތް:
1- ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަވާލުކުރެވޭ ސަރަހައްދުތަކެއް ސާފްކޮށް ބެލެހެއްޓުން
ހުށަހަޅަންޖެހޭ ލިއުންތައް:
1- މި ކަމަށް އެދޭ ފޯމު
2- އައިޑީކާޑުގެ ކޮޕީ
އެދެންވީ ގޮތާއި، ސުންގަޑި:
މި ކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.
05 ޑިސެމްބަރ 2022
އިބްރާހިމް ނާޝިދު
ކައުންސިލްގެ ރައީސް