ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2022/57
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:38
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫއިން ގޯތި ދޫކުރުމާއި ގުޅޭ

ހއ.ތަކަންދޫއިން ގޯތި ދޫކުރުމާއި ގުޅޭ

 

ތަކަންދޫއިން ގޯއްޗައް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ޢާންމު ކުރެވިފައިވާ އިޢުލާނާއިއެކު (އިޢުލާން ނަންބަރ 254/254/2022/53(IUL))، ޕޮއިންޓް ލިބިފައިވާ ގޮތާއި، ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓާމެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި މިއިދާރާއަށް ހުށަހެޅިފައިވާ ޝަކުވާތައް މިއިދާރާއިން ބަލައިގަނެ، ލިބިފައިވާ ޝަކުވާތަކަށް ހއ.ތަކަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 76 ވަނަ ޢާންމު ޖަލްސާއިން މަޝްވާރާކުރެވި،  މި އިދާރާއިން 23 ނޮވެމްބަރ 2021 ގައި ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ޢާންމު ކުރެވިފައިވާ އިޢުލާން (އިޢުލާން ނަންބަރ 254/254/2021/55(IUL)) އާއި، އެ އިޢުލާނާއި އެކު  ޢާންމު ކުރެވުނު "ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު"، އަދި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބާޠިލު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގޯތިދޫކުރުމުގެ އުޞޫލު އިސްލާހް ކުރުމަށްފަހު ގޯއްޗަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލެވޭނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

11 ޖުމާދަލްއޫލާ 1444

05 ޑިސެމްބަރ 2022 

05 ޑިސެންބަރު 2022