މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/224
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 26 ނޮވެންބަރު 2014 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ ނަންބަރު IUL)23-AP/1/2014/217)ފ(06 ނޮވެންބަރު 2014) އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެންބަރު 2014 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 މުޙައްރަމް 1436       

18 ނޮވެންބަރު 2014