މުބާރާތް
ނަންބަރު: No: IU/HB/2022/06
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 19:51
ސުންގަޑި: 25 ޖަނަވަރީ 2023 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
06 ވަނަ އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް 2023

ޢިއުލާން

މި އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން 09 ފެބްރުއަރީ 2023 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، 06 ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އެންމެހައި ސުކޫލްތަކުން 20 ޑިސެމްބަރ 2022 ގެ ކުރީން މި އެސޯސިއޭޝަނަށް ސިޓީފޮނުއްވުން އެދެމެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 10 ޖަނަވަރީ 2023 ވަނަ ދުވަހު އޮފީސްބަންދުވުމުގެ ކުރިން  މި އެސޯސިއޭޝަނަށް ފޮނުވުން އެދެމެވެ.

މިމުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 އަހަރާއި 17 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން އަދި ފިރިހެން ކެޓަގަރީއަށެވެ. މުބާރާތުގައި ބައިވެރިވެލައްވާ ޓީމްތަކުގެ ޓީމްލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޙަކީ 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ 14:00 އެވެ.

 އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ 9879555 އާއި ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2022