މަސައްކަތް
ނަންބަރު: (IUL)285-B/285/2022/66
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:53
ސުންގަޑި: 14 ޑިސެންބަރު 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލުން ތަރައްޤީކުރަމުންދާ މަލްޓިޕާޕޯސް ކޯޓުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތާއި ގުޅޭ

 

އިޢުލާން

ހެނބަދޫ ކައުންސިލުން ތަރައްޤީކުރަމުންދާ މަލްޓިޕާޕޯސް ކޯޓުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތާއި ގުޅޭ

            ނ.ހެނބަދޫ ކައުންސިލުން ތަރައްޤީކުރަމުންދާ މަލްޓިޕާޕޯސް ކޯޓުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 05 ޑިސެންބަރ 2022 އިން 14 ޑިސެންބަރ 2022 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 8:00 އިން 14:00އަށް މިއިދާރާއަށް ދުރުވެ ނުވަތަ މެއިލް މެދުވެރިކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ޕްރީބިޑްމީޓިންގ އޮންނާނީ 15 ޑިސެންބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެސް ހޯލުގައެވެ. މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޑިސެންބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި 21 ޑިސެންބަރ 2022 ވާ ބުދަ ދުވަހުގެ 13:00ގައި ހެނބަދޫ ކައުންސިލް އިދާރާގެ ކޮންފޮރެންސް ހޯލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލްގެ އިދާރާ

- ފޯން : 6560018

- އީމެއިލް: [email protected]

 

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               10 ޖުމާދިލްއޫލާ 1444

                               04 ޑިސެންބަރ 2022                    

 

 

            

04 ޑިސެންބަރު 2022