ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)286-CB/286/2022/88
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 15 ޑިސެންބަރު 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

އެގްޒަމިނަރުން

*ބޭނުންވާ ޢަދަދު: 02

ޝަރުޠު:-

* A0, A1, B1, B2, C1, C2, C3, C4 މިއިން ގިންތިއެއްގެ ނުވަތަ ގިންތިތަކުގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

* ޢުމުރުން 60 އަހަރު ނުވާ މީހެއްކަމުގައި ވުން.

* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން.

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި  މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

 އުޖޫރަ:

ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  •  ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
  •  ކުށުގެ ރިކޯޑު ފޯމް
  •  އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ކޮޕީ (މުއްދަތު ހަމަނުވާ)، ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ

 

ނޯޓް: އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އަދި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް އަދި ކުށުގެ ރިކޯޑް ސާފުކުރާ ފޯމް މި ޢިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

04   ޑިސެމްބަރު    2022

04 ޑިސެންބަރު 2022