ދެންނެވުން
ނަންބަރު: (IUL)425-B6/1/2022/ 294
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 10 ޑިސެންބަރު 2022 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެހިޔާ ދެކުނަށް އޮންނަ 353 ނަމްބަރ އަދި 355 ކޮށީގައި ހުރި ރުމާލުޖަގަ އިމާރާތާއި ޓޯޔާޑާ ދެމެދުގައި ވާ ގުދަނާއި އަދި ގުދަނުގައި ހުރި މުދަލުގެ ( އިމާރާތް ) ވެރިފަރާތް ސާފުކުރުމާއި ގުޅޭ.

އިޢުލާން

މާލެހިޔާ ދެކުނަށް އޮންނަ 353 ނަމްބަރ އަދި 355 ކޮށީގައި ހުރި ރުމާލުޖަގަ އިމާރާތާއި ޓޯޔާޑާ ދެމެދުގައި ވާ ގުދަނާއި އަދި ގުދަނުގައި ހުރި މުދަލުގެ ( އިމާރާތް ) ވެރިފަރާތް  ސާފުކުރުމާއި ގުޅޭ.

 

        ގަލޮޅު މާލެހިޔާގެ ދެކުނުން އޮންނަ 353 ނަމްބަރ ކޮއްޓާއި 355 ނަމްބަރ ކޮށި ހިމެނޭ ބިމުގައި ހުރި ރުމާލު 2  ޖަގަހަ  ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރުމަށް ބޭނުންވެއެވެ. އެހެން ކަމުން ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތުން އެތަން ބޭނުން ކުރުމާއި ބެހޭ ގޮތުން ދަތުލަތުގެ އެއްވެސް ފަރާތަކާއި އެކު އެއްބަސްވުމެއް ހެދިފައިވާ ނަމަ އެ އެއްބަސްވުމެއްގެ ކޮޕީއެއް  04 ޑިސެމްބަރ 2022 ން 10 ޑިސެންބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް (  07 ދުވަހުގެ ތެރޭގައި) މިކައުންސިލްގެ އާންމުޚިދުމަތްތަކާއި ބެހޭބަޔަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ.

        ވީމާ 10 ޑިސެމްބަރ 2022 ގެ ނިޔަލަށް މަތީގައި ދެންނެވިފައިވާ ލިޔެކިއުން ހުށަހަޅާފައި ނުވާނަމަ އެގުދަން ރޫޅާލުމުގެ މަސައްކަތް މިކައުންސިލުން ކުރިއަށް ގެންދެވޭނެއެވެ. އަދި ގުދަން ރޫޅާލުމުގެ މަސައްކަތް ކުރާއިރު ،ގުދަނާއި ގުދަނުގައި އެއްވެސް އެއްޗެއް ހުރިނަމަ މިކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. ތަކެތި ނެގުމުގެ ތެރޭގައާއި ،ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި، އުނިއިތުރަށް މިކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

04 ޑިސެންބަރު 2022